ފަތުރުވެރިންތަކެއްގެ އަތުން އޮޅުވާލައިގެން އަތުލި ފައިސާތަކެއް ފުލުހުން ހޯދައިފި

ފަތުރުވެރިންތަކެއްގެ އަތުން އޮޅުވާލައިގެން އަތުލި ފައިސާތަކެއް ފުލުހުން ހޯދައި، ވެރިފަރާތާ ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ ފެބްރުއަރީ 6 ވަނަ ދުވަހު ރާއްޖެއައި ފަތުރުވެރިންތަކެއް ސަފާރީއަކަށް ގެންގޮސްދ...

20 Feb 2022 | 08:41

ފަތުރުވެރިންތަކެއްގެ އަތުން އޮޅުވާލައިގެން އަތުލި ފައިސާތަކެއް ފުލުހުން ހޯދައި، ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ފެބްރުއަރީ 6 ވަނަ ދުވަހު ރާއްޖެއައި ފަތުރުވެރިންތަކެއް ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނެ އެ މީހުންގެ އަތުން ފައިސާތަކެއް އަތުލާފައިވާކަމުގެ މައްސަލައެއް ފެބްރުއަރީ 12 ވަނަ ދުވަހު އދ. ދަނގެތީ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ފައިސާތައް ހޯދުމަށް ދަނގެތީ ޕޮލިސް ސްޓޭޝަނާއި ކ. ގުޅީ ޕޮލިސް ޑެސްކު ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، ފައިސާތައް ހޯދާފައިވަނީ މި މަހު 19 ވަނަ ދުވަހުގައިކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ ފައިސާތައް ހޯދާފައިވަނީ ފަތުރުވެރިން ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނި މީހާގެ އެކައުންޓަށް ޓްރާންސްފަރކޮށްފައިވަނިކޮށްކަމަށެވެ. އެގޮތުން، 1050 ޔޫއެސް ޑޮލަރު ހޯދައި އޭގެ ވެރިފަރާތާވަނީ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާއިރު މި މައްސަލަ ދަނގެތީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް