ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައި ގޮތާއި ގުޅޭގޮތުން ލިޔެފައިވާ ފޮތެއް ނެރެފިއެވެ.
"ޓޫ ތައުޒަން އެންޗޭންޓެޑް އައިލެންޑްސް" ގެ ނަމުގައި މި ފޮތް ލިޔެފައިވަނީ ދިވެހި ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރި ޖޯޖް ކޯބިންއާއި ފޮޓޯގްރާފަރ ފްރޭންސެސްކޯ ބާނިންއާ ގުޅިގެންނެވެ.
މިފޮތަކީ އެ ދެމީހުން 1972 ވަނަ އަހަރު އެންމެ ފުރަތަމަ ފަތުރުވެރިން ގޮވައިގެން ރާއްޖެއަށް އައި ދަތުރުގައި ތައްޔާރުކުރި ފޮތެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ފަހުގެ މަޢުލޫމާތުތައް ވެސް ހިމަނައިގެން ލިޔެފައިވާ މި ފޮތް ނެރެފައިވަނީ ސަލްޓަން ޕާކު ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމެވެ.
މި ފޮތުގައި ރާއްޖޭގައި އޭރު ފަތުރުވެރިކަން ކުރަމުން އައި ގޮތާއި އެކަމަށް ހުރި ގޮންޖެހުންތައް ވަރަށް ތަފްސީލީ ގޮތެއްގައި ވަނީ ހިމަނާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް