ނޭޝަނަލް ޑްރަގް އޭޖެންސީން އިސްނަގައިގެން ނ. ވެލިދޫގައި ކެޕެސިޓީ ބިލްޑިންގ ފޮރ ކޮމިއުނިޓީ ލީޑަރސް ޕްރޮގްރާމެއް ބާއްވައިފިއެވެ.
ޑްރަގް އެޖެންސީން ބުނީ މި ޕްރޮގުރާމަކީ މުޖުތަމަޢުގައި މަސްތުވާތަކެއްޗަށް ހުށަހެޅޭ މީހުން ނިސްބަތުން މަދުކުރުމާއިއެކު އަދި ބޭނުން ކުރުމަށް ހުށަހެޅިފައިވާ މީހުން އެކަމުން ދުރުކުރުވުމަށް ބޭނުންވާ ރަނގަޅު މަޢުލޫމާތާއި،އެހީތެރިކަން ފޯރުކޮދީ ލީޑަރުންތަކެއް ބިނާކުރުމަށް މަސައްކަތްކުރުމަށް ހިންގެ ޕްރޮގްރާމެއްކަމަށެވެ.
މި ޕްރޮގަރާމްގެ ދަށުން މަސްތުވާތަކެއްޗަށް ހުށަހެޅިފައިވާ ފަރާތްތަކަށް ފަރުވާއަށް ދިޔުމަށް ބޭނުންވާނޭ މަޢުލޫމާތު ހިއްސާކުރުމާއި، ގުޅަންޖެހޭ ފަރާތްތަކަށް ގުޅުވާދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތްކުރެވޭނެކަމަށް އެ އެޖެންސީން ބުނެއެވެ.
ޑްރަގް އެޖެންސީން ބުނީ ޕްރޮގްރާމްގެ ދަށުން ބިނާކުރާ މީހުންގެ ތެރޭގައި ޓީޗަރުންނާއި، ބެލެނިވެރިން އަދި އޮފީސްތަކުގައި މަސައްކަތް ކުރާ ފަރާތްތައް އަދި ކޮމިއުނިޓީގައި ހަރަކާތްތެރިވެ އުޅޭ އެކިއެކި ފަރުދުންނާއި އެން.ޖީ.އޯސްތަކަށް ނިސްބަތްވާ ފަރާތްތައް ހިމެނޭނެކަމަށެވެ.
ޕްރޮގްރާމްގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ މައިގަނޑު މަސައްކަތާއި، ފަރުވާގެ ޕްރޮގްރާމްތަކާއި އަދި ޕްރިވެންޝަން ޕްރޮގްރާމްތަކަށް މި ޕްރޮގްރާމްގެ ބައިވެރިން އަހުލުވެރިކުރުވޭނެކަމަށް އެޖެންސީން ބުނެއެވެ.
ޕްރޮގްރާމްގައި އެކި މުއައްސަސާތަކަށާއި އެކި ޓާގެޓް ގުރޫޕްތަކަށް މައުލޫމާތާއި ހުނަރު ދަސްކޮށްދެވޭނެގޮތަށް ހަމަޖެހިފައިވާކަމަށް އެޖެންސީން ބުނެއެވެ. އެގޮތުން ޑްރަގް އެޖެންސީންބުނީ ޕްރޮގްރާމްގެ ތެރޭގައި އޮފީސްތަކުގެ މުވައްޒަފުންނަށް ނަގައިދެވޭ މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ޓީޗަރުންނަށް ނަގައިދެވޭ މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން ބެލެނިވެރިންނަށްވެސް ސެޝަންތައް ނަގައިދެވޭނެކަމަށެވެ.
މީގެ އިތުރަށް ހައިރިސްކް ނުވަތަ ވަލްނަރަބަލް ކުދިންނާއި، އެކުދިންގެ ބެލެނިވެރިންނަށް މައުލޫމާތާއި ތަފާތު އެކި ދިރިއުޅުމުގެ ހުނަރު ދަސްކޮށްދެވިގެން ދާނެކަމަށް އެޖެންސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް