މިއުޒިޝަންސް ޔޫނިއަންގެ ތިންވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ ތިންވަނަ އަހަރީ އާންމު ޖަލްސާ ވަރޗުއަލްކޮށް ބާއްވައިފިއެވެ. މިމަހުގެ 16 ވަނަ ދުވަހު ބެއްވުނު މި ބައްދަލުވުމުގައި ވަނީ މިއުޒިޝަންސް ޔޫނިއަންގެ ނަ...

20 Feb 2022 | 07:29

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ ތިންވަނަ އަހަރީ އާންމު ޖަލްސާ ވަރޗުއަލްކޮށް ބާއްވައިފިއެވެ.

މިމަހުގެ 16 ވަނަ ދުވަހު ބެއްވުނު މި ބައްދަލުވުމުގައި ވަނީ މިއުޒިޝަންސް ޔޫނިއަންގެ ނައިބު ރައީސްގެ މަޤާމަށާއި، ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރުގެ މަޤާމަށް ދެ މެންބަރަކު އިންތިޚާބުކޮށްފައެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަމަށް އިންތިޚާބުކޮށްފައިވަނީ "އަ ކޯޑް އެން އަ ޑްރީމް" އަދި "އޮސެލޭޓް" ބޭންޑްގެ ކޯ-ފައުންޑާ  މޫސާ އަޠުފާލު (ބެލް) އެވެ. އަދި އެ ޔޫނިއަންގެ ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރގެ މަޤާމަށް އިންތިޚާބުވެފައިވަނީ މީގެ ކުރިން ޔޫނިއަންގެ ސްޕޯކްސްޕާސަންގެ މަޤާމު އަދާކޮށްފައިވާ އައިމިނަތު ޝުއާ ޝުޖާއު (އައިނާ) އެވެ.

މި ބައްދަލުވުމުގައި ޔޫނިއަންގެ ފާއިތުވީ އަހަރުގެ އަހަރީ ރިޕޯޓާއި، މިހާތަނަށް ހާސިލް ކުރެވިފައިވާ ކަންތައްތަކާއި، މިވަގުތު ޔޫނިއަންއިން ހިންގަމުންދާ އަދި ކުރިޔަށް ރާވާފައިވާ ޕްރޮގުރާމުތަކާއި އަދި އިވެންޓުތަކުގެ މަޢުލޫމާތު ޔޫނިއަންގެ ރައީސް އަޙުމަދު ޝިހާމް ވަނީ މެންބަރުންނާއި ހިއްސާ ކޮށްފައެވެ. އަދި ޔޫނިއަންގެ ޙަޒާންދާރު އަޙްމަދު އައިމަން ލަތީފް ވަނީ ފާއިތުވީ އަހަރުގެ މާލީ ބަޔާން މެންބަރުންނަށް ހުށަހަޅާދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް