ވެރިކަން ކުރާ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަން ލިބިއްޖެ ނަމަ ސިޔާސީ ދާއިރާއަށް އަންހެނުން ނެރުމަށް އިސްކަން ދެއްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެކި މަގާމުތަކަށް މީހުން ހޮވުމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ16 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ރޮޒައިނާ އާއި ވާދަ ކުރަނީ ސަފާތު އަހުމަދެވެ.
ކެމްޕެއިން ފޯރި ގަދަވެފައިވާ މި ދުވަސްވަރު ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ އެންމެ ބޮޑު ބޭނުމަކީ ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވާ އެމްޑީޕީގެ އަންހެނުން ދެނެގަތުން ކަމަށެވެ. އަދި އެމީހުން އެކަމަށް ތައްޔާރުކޮށް ފުރުސަތު ހޯދައި ދިނުން ކަމަށެވެ.
އޭނާ ވިދާޅުވީ ރޫހުގެ ރައީސް ކަމަށް އިންތިހާބު ވެއްޖެ ނަމަ އެންމެ އިސްކަން ދޭނީ މި މަސައްކަތަށް ކަމަށެވެ.
https://twitter.com/Roxeyna/status/1495272366246543364
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް