އޮސްޓްރޭލިއާގެ މަގުބޫލު އައިއެމްއެމްގެ ހަރަކާތް ރާއްޖެގައި

ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ނެޓްވޯކިން ހަރަކާތެއްކަމަށްވާ އޮސްޓްރޭލިއާގެ ޓްރެވްމީޑިއާއިން އިންތިޒާމްކުރާ އިންޓަރނޭޝަނަލް މީޑިއާ މާކެޓްޕްލޭސް (އައިއެމްއެމް) ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބ...

20 Feb 2022 | 06:22

ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ނެޓްވޯކިން ހަރަކާތެއްކަމަށްވާ އޮސްޓްރޭލިއާގެ ޓްރެވްމީޑިއާއިން އިންތިޒާމްކުރާ އިންޓަރނޭޝަނަލް މީޑިއާ މާކެޓްޕްލޭސް (އައިއެމްއެމް) ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ބައިވެރިވެއްޖެއެވެ.

މިހަރަކާތުގައި ރާއްޖެ ތަމްސީލްކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ފަރާތުން އޮސްޓްރޭލިއާއަށް ކަނޑައަޅާފައި ހުންނަ ޕީއާރު އެޖެންސީންނެވެ.

ފަތުރުވެރިކަމާބެހޭ ޚިދުމަތްދޭ ފަރާތްތަކާއި، މިދާއިރާގެ ހަބަރާއި މައުލޫމާތު ފަތުރާ ޖާނަލިސްޓުންނާއި، އިންފްލުއެންސަރުން އަދި ބްރޯޑްކާސްޓަރުން އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި ހިންގާ މި ހަރަކާތް ބާއްވާ މިއީ 10 ވަނަ އަހަރެވެ. މިއަހަރުގެ އިވެންޓުގައި 5665 އެގްޒިބިޓަރުންނާއި 10،500 މީޑިއާއިން ބައިވެރިވާނެކަމަށްވަނީ ލަފާކޮށްފައެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ އޮސްޓްރޭލިއާ މާކެޓްގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމެވެ. އެގޮތުން ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޤައުމެއްކަމުން މިއީ ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުވާ މަންޒިލެއްގެ ގޮތުގައި މިހަރަކާތުގެ ތެރެއިން ވަނީ އިޝްތިހާރު ކޮށްފައެވެ.

އެމްއެމްޕީއާރުސީން މި ހަރަކާތުގައި ބައިވެރިވެފައިވަނީ އޮސްޓްރޭލިއާގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ މިމާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ގެންގުޅޭ ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓިޖީގެ މަޤްސަދަކީ ރާއްޖެއަކީ މިމާކެޓުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްކަމުގައި ދަމަހައްޓާ، މިމަންޒިލުން ރާއްޖެ އައުމަށް މީހުން ބުކިން ހަދާ މިންވަރާއި، ޒިޔާރަތްކުރާ އަދަދު އިތުރުކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް