ބިމު ކުލި ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ދެނީ

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ އެރަށެއްގެ ކައުންސިލްތަކުން ކަމަށް ކަނޑައަޅައި ޤަވާއިދު އިސްލާހުކޮށްފިއެވެ. މި ޤަވާއިދު ކަނޑައަޅާފައި ވަނީ...

20 Feb 2022 | 05:51

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ އެރަށެއްގެ ކައުންސިލްތަކުން ކަމަށް ކަނޑައަޅައި ޤަވާއިދު އިސްލާހުކޮށްފިއެވެ.

މި ޤަވާއިދު ކަނޑައަޅާފައި ވަނީ "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދަށް" ގެނައި ހަތަރުވަނަ އިސްލާހުގައެވެ.

މިއަދު ގެޒެޓްކުރި އިސްލާހު ބުނެފައި ވަނީ، އެކިއެކި ބޭނުންތަކަށް ދޫކުރާ ބިންތަކުގެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ އެރަށެއްގެ ނުވަތަ އެ ސިޓީގެ ތަނަވަސްކަމަށާއި، އިގްތިޞާދީ ފުދުންތެރިކަމަށް އަދި ބިމުގެ ޑިމާންޑަށް ބަލައި ކައުންސިލްތަކުން ކަމަށެވެ.

އަގު ކަނޑައަޅާއިރު އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ އަގުތަކަށް ރިއާޔަތްކުރަން ވާނެ ކަމަށް ވެސް ޤަވާއިދު ބުނެއެވެ.

މީގެ އިތުރުން، މި އަގުތައް ކޮންމެ ދެ އަހަރަކުން އެއް އަހަރު މުރާޖަޢާ ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

މިގޮތުން އެކިއެކި ބޭނުންތަކަށް ދޫކުރާ ބިންތަކުގެ ކުލި ތަފާތު ކުރުމުގެ އިހުތިޔާރު ވެސް ކައުންސިލްތަކަށް ލިބިގެންވާ ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް ފަތުރުވެރިކަމަށް ދޫކުރާ ބިންތައް ދޫކުރަން ޖެހޭނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ

ބެހޭ ޤާނޫނުގައި ކަނޑައަޅައިފައިވާ ގޮތަށެވެ. އަދި ބިންތަކުގެ އަގުތައް ކަނޑައެޅުމަށްފަހު ސަރުކާރުގެ ގެޒެޓުގައި އާންމުކުރަން ވެސް ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް