ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސިއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންބުނީ ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މެދުރާއްޖެތެރޭ ރަށަކުންކަމަށެވެ. އަދި މިމައްސަލާއިގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލާއިގެ ޝަރީއަތް ނިމެންދެން މި ބިދޭސީމީހާ ހުރީ ބަދުގައިކަމަށް ފުލުހުން ބުނެއެވެ.
މިހާރަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމައްސަލަތަށް ދަނީ އިތުރުވަމުންނެވެ.
ކުޑަކުދިންގެ ހައްގުތަށް ކަށަވަރުކުރާ ގާނޫނުގެ ދަށުން އެކުދިން ގެ އައިޑެންޓިޓީ ރައްކާކުރުމަށް ކުއްޖާގެ ނަމާއި ރަށް ހާމަކުރުމަކީ މަނާކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް