ސްވިމިން އެސޯޝިއޭޝަންގެ އަހަރީ އާއްމު ޖަލްސާ ބާއްވަނީ

ސްވިމިން އެސޯސިއޭޝަންގެ މިއަހަރުގެ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 19 މާރިޗް 2022 ވާ ހޮނިހިރު ދުވަހު އޮންލައިންކޮށް ބޭއްވުމަށް ހަމަޖައްސައިފިއެވެ. ސްވިމިން އެސޯސިއޭޝަނުން އަހަރީ އާންމު ޖަލްސާ ބާއްވާނެ ތ...

20 Feb 2022 | 04:46

ސްވިމިން އެސޯސިއޭޝަންގެ މިއަހަރުގެ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 19 މާރިޗް 2022 ވާ ހޮނިހިރު ދުވަހު އޮންލައިންކޮށް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ސްވިމިން އެސޯސިއޭޝަނުން އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚު ކަނޑައަޅާ މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ވަނީ އެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައެވެ.

ގެޒެޓުގައި އާންމުކޮށްފައިވާ އިއުލާނުގައި ބުނީ މި ޖަލްސާ އޮންނާނެ ގަޑިއާއި އެޖެންޑާއަށް ގެނެވޭ ބަދަލެއްވާނަމަ އެކަން ޖަލްސާ ފެށުމުގެ މަދުވެގެން ހަތް ދުވަސްކުރިން މެންބަރުންނަށް އަންގާނެކަމަށެވެ.

އެގޮތުން މިޖަލްސާގައި ބައިވެރިވެވޭނީ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 13 ވަނަ މައްދާގެ (ށ) ގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް އެސޯސިއޭޝަންގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އަދި ހިންގާ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެންބަރޝިޕްފީ ދައްކާފައިވާ މެންބަރުން ކަމަށް އެ އެސޯސިއޭޝަނުން ހާމަކުރެއެވެ.

މީގެ އިތުރުން މިހާތަނަށް މެންބަރޝިޕްފީ ނުދައްކާ މެންބަރުންގެ ތެރެއިން މިއަހަރުގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ މެންބަރުން މެންބަރޝިޕްފީ ދެއްކުމުގެ އެންމެފަހު ތާރީޚަކީ މި ފެށޭ މާރިޗް މަހުގެ 17 ވާ ބުރާސްފަތި ދުވަހު 14:00 އެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހެޅުމާއި ފާސްކުރުމާއި 2021 ވަނަ އަހަރުގެ ޚަރަދު ރިޕޯޓު ހުށަހެޅުން ހިމެނެއެވެ. އަދި 2022 ވަނަ އަހަރު ހިންގާނެ ހަރަކާތްތައް ހުށަހެޅުމާއި 2022 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅައި ފާސްކުރުމާއި ސްވިމިން އެސޯސިއޭޝަނުގެ މެންބަރުންގެ އިތުރު ޚިޔާލު ހޯދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް