ސްޕޯޓްސް އެވޯޑަށް ނަން ހުށައެޅުމަށް ހުޅުވާލައިފި

މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ބެޑްމިންޓަން އެސޯސިއޭޝަންނުން ކުރި އިއުލާނެއްގައި ބުނީ މި އެވޯޑަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން ލިޔެކިޔުންތައް މިމަހ...

20 Feb 2022 | 04:28

މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންނުން ކުރި އިއުލާނެއްގައި ބުނީ މި އެވޯޑަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން ލިޔެކިޔުންތައް މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީހަށް ހުށައެޅުމަށެވެ.

މި އަހަރުގެ މި އެވޯޑަށް ޖުމްލަ އަށް ދާއިރާއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައި ވެއެވެ.

އެއީ އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)، ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)، ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް، މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިންގ) އެވެ.

އަދި ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް، މޭލް އެންޑް ފީމޭލް ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް، މޭލް އެންޑް ފީމޭލް ކޯރޗް އޮފް ދަ އިޔަރ އެވޯޑްގެ އިތުރުން މޯސްޓް ޕްރޮމިސިންގ ޔަންގް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން) އެވެ.

2012 ވަނައަހަރުން ފެށިގެން ކުޅިވަރުގެ މި އެވޯޑް ދިނުން މެދުކެނޑުމަކަށް ފަހު އަލުން މި އެވޯޑް ދޭން ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުހުވަހުއެވެ.

މީގެ ތިން ދުވަސް ކުރިން ކުޅިވަރާބެހޭ ވަޒީރު މަހުލޫފް ވަނީ، ކުޅިވަރުގެ ދާއިރާގައި ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަންކޮށް މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ ނަމުގައި އަންނަ މަހުގައި އެވޯޑް ހަފްލާއެއް ބާއްވަން ނިންމައިފައިވާކަން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް