ސްޕެނިޝް ލީގު: އަލަވޭސް ބަލިކޮށް ރެއާލުން ފަރަޤު ބޮޑުކޮށްފި

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޑިޕޯޓިވޯ އަަލްވޭސް އާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އަލަވޭސް އަތުން ރެއާލް މޮޅުވީ 0-3 ގެ ނަތީޖާއިނ...

20 Feb 2022 | 03:05

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޑިޕޯޓިވޯ އަަލްވޭސް އާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އަލަވޭސް އަތުން ރެއާލް މޮޅުވީ 0-3 ގެ ނަތީޖާއިންނެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ.

މި މެޗުގެ ލަނޑުތައް ފެނިގެން ދިޔައީ މެޗުގެ ފަހު ހާފުގައެވެ. ރެއާލް އިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ ފަހު ހާފުގެ 62 ވަނަ މިނެޓުގައެވެ. ރެއާލް އަށް ލީޑު ނަގައިދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާކޯ އަސެންސިއޯ އެވެ. ރެއާލްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 80 ވަނަ މިނެޓުގައި ބެންޒެމާގެ އެހީތެރިކަމާއި އެކު ވިނީޝިއަސް ޖޫނިއަރ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ރެއާލްގެ ތިން ވަނަ ލަނޑު ޖަހާފައިވަނީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭ ލިބުނު ޕެނަލްޓީ އަކުން އެވެ. ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކުރީ ކަރީމް ބެންޒެމާއެވެެ. މިއީ އޭރިއާތެެރެއިން ރެއާލްގެ ރޮޑްރީގޯ އަށް އަލްވޭސްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ރޭގެ މި މޮޅާއި އެކު ރެއާލް އަށް ވަނީ ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ރެއާލް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 57 ޕޮއިންޓާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް