ރަސްމީ ދަތުރުފުޅެއްގައި ކޮމިޝަނާ އޮފް ފޮލިސް އަހުމަދު އަރިފް ޖަޕާނަށް ފުރައި ވަޑައިގެންފިއެވެ.
ސީޕީ އަރީފް ޖަޕާނަށް ފުރާވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ސީޕީ ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީ ޖަޕާންގެ ނޭޝަނަލް ޕޮލިސް އެޖެންސީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމުގައި ފުލުހުން ބުނެއެވެ.
މި ދަތުރުފުޅުގައި ފުލުހުންގެ ދާއިރާއިން ދެ ޤައުމުގެ މެދުގައިވާ ޒަމާންވީ ގުޅުންއެގޮތުގައި ދަމަހައްޓައި އެގުޅުންތައް ބަދަހިކުރުމަށް ކުރެވެންހުރިކަމާމެދު މަޝްވަރާކުރައްވާނެ ކަމަށް ފުލުހުން ބުނެއެވެ.
މިއާއެކު، ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ފުޅާކުރުމާއި ގުޅޭގޮތުންނާއި ދިވެހި ފުލުހުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީންގެ ފުރުސަތުތަކާއި ގުޅޭގޮތުން ޖަޕާން ފުލުހުންގެ އިސްވެރިންނާއެކު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް