ދިޔާ އޯ ބާތީ ހަމްގެ ފޭނުންނަށް އުފާވެރި ޚަބަރެއް. ޑްރާމާގެ ސީކުޔަލްއެއް އަންނަނީ

ހިންދީ ޑްރާމާ ބެލުންތެރިންގެ މެދުގައި މަޤްބޫލުކަމެއް ހޯދާފައިވާ ޑްރާމާ ދިޔާ އޯ ބާތީ ހަމް 5 އަހަރު ވަންދެން ދެއްކުމަށްފަހު މިދިޔަ އަހަރު ވަނީ މިސީރީޒް ނިންމާލާފައެވެ. ސީރީޒް ނިންމާލިތާ ހަތް މަސްފަހުން ...

20 Feb 2017 | 15:18

ހިންދީ ޑްރާމާ ބެލުންތެރިންގެ މެދުގައި މަޤްބޫލުކަމެއް ހޯދާފައިވާ ޑްރާމާ ދިޔާ އޯ ބާތީ ހަމް 5 އަހަރު ވަންދެން ދެއްކުމަށްފަހު މިދިޔަ އަހަރު ވަނީ މިސީރީޒް ނިންމާލާފައެވެ. ސީރީޒް ނިންމާލިތާ ހަތް މަސްފަހުން މިސީރީޒްގެ ބެލުންތެރިންނަށް މިވަނީ އުފާވެރި ޚަބަރެއް ލިބިގެންގޮސްފައެވެ. އެއީ ސީރީޒްގެ ސީކުޔަލް އެއް އަންނަން އުޅޭ ވާހަކައެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިސީރީޒްގެ ސީކުޔަލްގެ ޝޫޓިންގ މިހާރު ވަނީ ފަށާފައެވެ. މިސީރީޒްގެ ސީކުޔަލް ބެލުންތެރިންނަށް ފެނިގެންދާނީ " ތޫ ސޫރަޖް މޭ ސާންޖީ ޕިޔާންޖީ " ގެ ނަމުގައެވެ.

މިސީރީޒްގެ ސީކުޔަލް އާ ގުޅޭގޮތުން ވާހަކަދައްކަމުން ދިޔާ އޯ ބާތީ ހަމްގެ މައި އެއް ކެރެކްޓަރ ކަމަށްވާ ބާބޫ ބުނީ ޑްރާމާގެ ސީކުޔަލްގައި އޭނާ ފެނިގެންދާނީ މަޑުމައިތިރި މީހެއްގެ ގޮތުގައެވެ. އެހެންނަމަވެސް ކުރިންވެސް ފެނިގެންދިޔަ ބާބޫގެ އަސްލު ކެރެކްޓަރ މި ސީކުޔަލްގައިވެސް ފެނިގެންދާނެކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެއިތުރުން ބާބޫ ބުނެފައިވަނީ ސީރީޒްގެ ސީކުޔަލް އެއް ހަދަނީ ބެލުންތެރިންގެ މަޤްބޫލުކަން މިޑްރާމާ ސީރީޒްއަށް ލިބިފައިވާ މިންވަރުންކަމަށާއި ސީކުޔަލްގައިވެސް އޭނާއަށް ހަރަކާތްތެރިވެވޭތީ އެކަމާ އުފާވާކަމަށެވެ. ސީކުޔަލްއާ ގުޅޭ ތަފްސީލީ މަޢުލޫމާތުތަކެއް ބާބޫ މީޑިޔާއާ ހިއްސާއެއް ނުކުރެއެވެ. އެހެންނަމަވެސް މިޑްރާމާގައި ކުރިން ފެނިގެންދިޔަގޮތަށް އަންހެނުން ބާރުވެރި ކުރުވުން ސީކުޔަލްއިންވެސް ފެނިގެންދާނެކަމަށް ބާބޫ ވަނީ ބުނެފައެވެ.

މިސީރީޒް މިދިޔަ އަހަރު ނިންމާލިއިރު ސީރީޒްގެ މައި ދެކެރެކްޓަރ ކަމަށްވާ ސަންދިޔާ އާއި ސޫރަޖް ވަނީ މަރުވެފައެވެ. އޭގެ 20 އަހަރު ފަސް ޑްރާމާގެ ސީކުޔަލް ގައި ފެނިގެންދާއިރު ދެން ފެނިގެންދާނީ މިދެމީހުންގެ ދަރިންގެ ދިރިއުޅުމެވެ. މިސީކުޔަލްގެ ޕްރޮމޯ ވަރަށް އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނެކަމަށާއި ސީރީޒްގެ ސީކުޔަލް އަންނަ މަރޗްމަހު ފެނިގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް