ސަރުކާޜުގެ ބައެއް މިނިސްޓްރީތަކުން ކުރާ މަސައްކަތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގެންނެވި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައީސް ޔާމީން މަޖިލީހަށް ހުށަހަޅާފައިވަނީ ފަސް މިނިސްޓްރީއެއްގެ މަސައްކަތްތަކަށް ބަދަލު ގެނައުމަށެވެ. އެ ބަދަލުތައް ފާސްކުރީ މައްސަލަ ދިރާސާ ކުރުމަށް ފަހު ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށް މަޖިލީހަށް ހުށަހެޅި ގޮތަށެވެ.
ރައސް ގެންނެވި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމުން ފޮރިން މިނިސްޓްރީގެ ދަށުން އެކި ގަުއމުތަކުގައި ހުރި އެމްބަސީތަކުގެ ނަމަށް ގެނެވުނު ބަދަލެވެ. ދެން ބަދަލު ގެނައީ އޭޖީ އޮފީހުގެ މަސައްކަތްތަކަށެވެ.
ރަށްރަށުގައި ސާފު ބޯފެނަށް ޖެހުމުން ފެން ފޯރުކޮށްދިނުމުގެ ޒިންމާ އެންވަޔަރަމަންޓު މިިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ފާސްކުރި އެވެ. އަދި ނެޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓޭރިއެއްޓް ބެލެހެއްޓުން ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ އިތުރުން ސިއްހަތަށް ގެއްލުން ހުރި ކެމިކަލްތައް ދެނެގަތުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާ ހަވާލުކުރުމަށް ފާސްކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް