ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވޭނެތޯ އިންޑިއާއިން ބަލަންޖެހޭނެ: ނަޝީދު

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވޭތޯ ބެލުމަކީ ފަރުދީގޮތުން އަވަށްޓެރި އިންޑިއާ އިން ކޮންމެހެން ބަލަންޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއ...

20 Feb 2017 | 10:11

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވޭތޯ ބެލުމަކީ ފަރުދީގޮތުން އަވަށްޓެރި އިންޑިއާ އިން ކޮންމެހެން ބަލަންޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާއަށް ދެއްވާފައި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ ކަމަށާއި އެކަމަށް ބޭނުންވާ ކަންކަން ކުރުމަކީ ފަރުދީ ހައިސިއްޔަތުން އިންޑިއާ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ނަޝީދު ވިދާޅުވީ މިނިވަން އިންތިހާބަކަށް ބާރު އެޅުމަކީ އިންޑިއާއަށް ކުރެވޭނެ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު މިއޮތް ހާލަތުން އަންނަ އަހަރު އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކާއި ހަވާލާދީ އެ ނޫހުގައި އިތުރަށް ބުނެފައިވަނީ އިންޑިއާއިން އެ ޒިންމާ އަދާނުކޮށް އަދި ރާއްޖޭގެ ކަންކަމަށް ބަސް ނުބުނެ މަޑުން އޮންނަ ނަމަ ޗައިނާ މި ސަރަހައްދަށް އަތްގަދަ ކުރާނެ ކަމަށެވެ. އަދި، ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް ރައީސް ޔާމީންގެ ސަރުކާރުން ފުރުސަތު ދިނުން އެކަށީގެންނުވާ ކަމަށާއި އެކަން ހުއްޓުވުމަށް އިންޑިއާ އާއި އެހެން ގައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އަދި ނެތް އިރު އެ ފުރުސަތު ހޯދަން ބައިނަލް އަގުވާމީ ފަރާތްތަކުގެ އެހީތެރިކަމަށް އެދެމުންދާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައި އެވެ. އަދި ގަބޫލު ކުރައްވަނީ ފަހުވަގުތުވެސް އެ ފުރުސަތު ލިބޭނެ ކަމަށް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް