ރާއްޖޭގެ ސިޔާސީ ކަންތައްތަކުގެ ތެރެއަށް އިންޑިއާއިން ނުވަންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާ ވިދާޅުވެފައިވަނީ ގައުމުތަކާމެދު އިންޑިއާއިންދެކޭ ސުލްހައިގެ މިންގަނޑު ކަމަށްވާ "ޕަންޗްޝީލް" އާ ހިލާފުވެ އިންޑިއާއިން ރާއްޖޭގެ ސިޔާސީ މަސްރަހުގެ ތެރެއަށް ނުވަންނާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
ހާރިޖީ ވަޒީރު މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކޮށްފިނަމަ ސިޔާސީ ފަރާތްތަކުގެ ސަލާމަތަށްޓަކައި އިންޑިއާއިން ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސް އަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީ-ޖޭޕީ ގުޅުމަށް މަޖިލީހުގެ އަގްލަބިއްޔަތު ލިބިއްޖެ ހާލަތެއްގައި މަޖިލީހާއި ގާނޫނު އަސާސީ ހުއްޓުވާލައްވައި ރައީސް ޔާމީން ކުއްލި ހާލަތު އިއުލާނުކުރެއްވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް