27 ފެބްރުއަރީގައި ބޭނުންކުރާނެ ޕޯސްޓަރުތައް އެމްޑީޕީން އާންމުކޮށްފި

ޤާނޫން އަސާސީގެ ދިފާއުގައި އެމް.ޑީ.ޕީ – ޖޭޕީން 27 ފެބްރުއަރީގައި ބާއްވާ ބޮޑު އެއްވުމުގައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ ބެނާ ، ޕޯސްޓަރ ، ޑިސްޕްލޭ ޕޮޓޯ އެމްޑީޕީން މިއަދު އާންމުކޮށްފި އެވެ. އެމްޑީ...

20 Feb 2015 | 14:04

ޤާނޫން އަސާސީގެ ދިފާއުގައި އެމް.ޑީ.ޕީ – ޖޭޕީން 27 ފެބްރުއަރީގައި ބާއްވާ ބޮޑު އެއްވުމުގައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ ބެނާ ، ޕޯސްޓަރ ، ޑިސްޕްލޭ ޕޮޓޯ އެމްޑީޕީން މިއަދު އާންމުކޮށްފި އެވެ.

އެމްޑީޕީގެ ވެބްސައިޓްގައި ތަފާތު ތިން ސައިޒެއްގެ ޕޯސްޓަރު އާންމުކޮށްފައިވާއިރު އެ ވެބްސައިޓްގައި ބުނެފައިވަނީ އެ ތަފާތު ތިން ސައިޒަކީ އެކި ގޭގެއަށް ބަހާ އަދި އެކި ތަންތަނުގައި ތަތް ކުރުމަށް ވަކި ސައިޒަކާއި ސޯސަލް މީޑިއާ އަދި އެނޫންވެސް މީޑިއާގެ ވަސީލަތް ތަކުގައި ބޭނުންކުރެވޭނެ ސައިޒަކާއި ސޯޝަލް މީޑިއާ ޕްރޮފައިލް ޑިސްޕްލޭ ފޮޓޯއެއްގެ ގޮތުގައި ބޭނުންކުރާ ސައިޒެވެ.

އެ ޕޯސްޓަރުތަކުގައި "ގާނޫނު އަސާސީގެ ހިމާޔަތުގައި ދިވެހިން" އަދި "ސައިޒަށް" ލިޔެފައިވާއިރު 27 ފެބްރުއަރީއަކީ ދެވަނަ ހަތެއް ފެބްރުއަރީކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް