އިހަވަންދޫ ކައިރިން ކިނބުލެއް ފެނިއްޖެ

ދިގުމިނުގައި ގާތްގަނޑަކަށް ނުވަ ވަރަކަށް ފޫޓު ހުރި ކިނބުލެއް ހއ.އިހަވަންދޫ ކައިރިން ފެނިއްޖެ އެވެ. އިހަވަންދޫ ކައިރިން ކިނބޫ ފެނިފައިވަނީ މިއަދު ހެނދުނު 07:30 ހާއިރު އެވެ. ކިނބޫ ފެނުނުކަމަށްވަނީ ޑަސްބ...

20 Feb 2015 | 08:28

ދިގުމިނުގައި ގާތްގަނޑަކަށް ނުވަ ވަރަކަށް ފޫޓު ހުރި ކިނބުލެއް ހއ.އިހަވަންދޫ ކައިރިން ފެނިއްޖެ އެވެ.

އިހަވަންދޫ ކައިރިން ކިނބޫ ފެނިފައިވަނީ މިއަދު ހެނދުނު 07:30 ހާއިރު އެވެ. ކިނބޫ ފެނުނުކަމަށްވަނީ ޑަސްބިން އުކާލަންދިޔަ ދެ އަންހެނަކަށެވެ.

އެ ދެ އަންހެނުންނާ ހަވާލާދީ އެރަށުމީހުން ބުނަނީ ކިނބޫ ދަތުރުކުރަމުންދިޔައީ އެރަށް ކައިރީގައި އޮންނަ މަނަފަރު ރިސޯޓާ ދިމާލަށް ކަމަށާއި ކިނބުލުގެ ދިގުމިނުގައި ނުވަ ވަރަކަށް ފޫޓު ހުންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް