މުހައްމަދު ހުސައިނާއި މުއާޒު ޕީޕީއެމްއާއިި ގުޅިވަޑައިގެންފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ހުސައިނާއި މުއާޒު މުހައްމަދު ރަޝީދު ޕީޕީއެމާއި ގުޅިވަޑައިގެންފި އެވެ. މުހައްމަދު ހުސައިނާއި މުއާޒު ޕީޕީއެމާ ގުޅިވަޑައިގެންނެވި ކަން އިއ...

19 Feb 2015 | 19:03

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ހުސައިނާއި މުއާޒު މުހައްމަދު ރަޝީދު ޕީޕީއެމާއި ގުޅިވަޑައިގެންފި އެވެ.

މުހައްމަދު ހުސައިނާއި މުއާޒު ޕީޕީއެމާ ގުޅިވަޑައިގެންނެވި ކަން އިއުލާން ކުރީ ޕީޕީއެމާ އެމްޑީއޭ ގުޅިގެން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގަ އެވެ. ނަމަވެސް އެ ދެ މެންބަރުން ރާޢްޖޭގައި ވަޑައިގެތް ނެތުމުން ޖަލްސާގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. ސޮއި ކުރިކަން ހާމަކޮށްފައިވަނީ ވީޑިއޯ ޕްރެޒެންޓޭޝަނެއް މެދުވެރި ކޮށެވެ.

މުހައްމަދު ހުސައިންއަކީ ޖޭޕީގެ ޓިކެޓުގައި ކަނޑިތީމު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރެކެވެ. އޭނާ އަކީ މަޖިލީހުގައި މިވަގުތު އިންނެވި އެންމެ ދޮށި ބޭފުޅާއެވެ. މުއާޒަކީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މަޑަވެލި ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރެވެ. އޭނާ ޖޭޕީއަށް ސޮއި ކުރައްވީ މިދިޔަ އަހަރު އެވެ.

އެ ދެ މެންބަރުން އިތުރުން އިތުރު މެންބަރުންތަކެއް ވަަރަށް އަވަހަށް ޕީޕީއެމްއާއި ގުޅޭނެ ކަމަށް މިރޭ ޕީޕީއެމްއިން ބުންޏެވެ. އެންމެ ފަހުން ޕީޕީއެމްއާއި ގުޅިވަޑައިގެންފައިވަނީ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދެވެ.

އެ ދެ މެމްބަރުން ޕީޕީއެމާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު ވަނީ 46 އަރާފަ އެވެ. އަދި ސަރުކާރު ހިންގާ އެމްޑީއޭގެ މަޖިލިސް ފަސް މެމްބަރުންނާއެކު ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުންގެ އަދަދު 51 އަރަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް