ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންދިޔަ ހަމަލަތައް ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވެ ހަމަލަތައް ހުއްޓާލިތާ މިއަދަށް މިއީ ދެވަނަ ދުވަހެވެ.
އިސްރާއީލުގެ ފައުޖުތަކުންވެސް ޣައްޒާ ބިން ދޫކޮށް ޣައްޒާ ބިމުން ފައިބަން ފަށާފައިވާއިރު ޣައްޒާގެ އާންމު ރައްޔިތުން އަންނަނީ މިހާރު އެ ރައްޔިތުންގެ ގެދޮރު ހުރި ބިން ބިމަށް ޒިޔާރަތް ކުރަމުންނެވެ. އަދި ރަފަހަވެސް ދޫކޮށް އިސްރާއީލު ސިފައިން ދުރަށް ގޮސްފައިވާއިރު އޭރިއަލް ފުޓޭޖް/ޑްރޯން ފުޓޭޖް ފަދަ ވީޑިއޯ ފުޓޭޖްތައް ނެގުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ރަފަހަ ތަލް އައްސުލްތާން ސަރަހައްދަކީ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލި ސަރަހައްދުވެސް މެއެވެ. އެ ސަރަހައްދުގެ ޑްރޯން ފުޓޭޖެއް ހަސަން ނަމަކަށްކިޔާ އެކްޓިވިސްޓަކު މިވަނީ އިންސްޓަގްރާމަށް ދޫކޮށްލާފައެވެ.
އަލްޖަޒީރާއިން ބުނެފައިވަނީ އެ ވީޑިއޯ ފުޓޭޖްގެ ޞައްޙަކަން އަލްޖަޒީރާގެ ފެކްޓް-ޗެކިންގ އޭޖެންސީ ސަނާދު މެދުވެރިކޮށް ކަށަވަރުކޮށްފައިވާކަމަށެވެ.
އެ ވީޑިއޯގައި އެތައް ކިލޯމީޓަރަކަށް ދެމިގެންދާނެހާ ދުރަށްވެސް ފެނިގެންދަނީ އެކުގައި ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކެވެ.
ގާތްގަނޑަކަށް 16 މަހަށް ދެމިގެންދިޔަ ހަމަލާތަކުގައި ޣައްޒާއިން 37 ހާހަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވެއެވެ.
https://www.instagram.com/p/DFC89AoM7iY/
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް