މަޤާމުތަކަށް އައްޔަންކުރެވުނު ވަޒީރުންނަށް މަޖިލީހުން ރުހުންދީފި

ބައެއް ވުޒާރާތަކަށް ބަދަލު ގެނެސް ކެބިނެޓަށް ގެނައި ބަދަލުތަކާއެކު އަލުން އައްޔަންކުރެވުނު ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ރައީސް ގެނުއްވި ބަދަލުގައި މިނިސްޓްރީ އޮފް ފިނޭނ...

20 Jan 2025 | 12:22

ބައެއް ވުޒާރާތަކަށް ބަދަލު ގެނެސް ކެބިނެޓަށް ގެނައި ބަދަލުތަކާއެކު އަލުން އައްޔަންކުރެވުނު ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ރައީސް ގެނުއްވި ބަދަލުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ އުފައްދަވައި އެ މިނިސްޓްރީއަށް މިނިސްޓަރުގެ ގޮތުގައި މޫސާ ޒަމީރު އައްޔަންކުރެއްވިއެވެ. ހައުސިން މިނިސްޓްރީގެ ބަދަލުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އުފައްދަވައި އެ މިނިސްޓްރީއަށް މިނިސްޓަރުގެ ގޮތުގައި ޑރ. އަބްދުﷲ މުއްތަލިބު އައްޔަންކުރެއްވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މިނިސްޓަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އައްޔަންކުރައްވައި ހަޔާ އެޑިއުކޭޝަންގެ ކުރީގެ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުކަމަށް އައްޔަންކުރެއްވިއެވެ.

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި ހައިދަރު ފިޔަވައި އަނެއް ތިން ވަޒީރުންނަށްވެސް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ހައިދަރު އައްޔަން ކުރަން ނުފެންނަކަމަށް އެމްޑީޕީގެ ހަ މެންބަރަކު ވޯޓު ދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް