ތިން އަހަރުގެ ކުއްޖަކަށް ނޭޕާލް އަންހެނަކު އަނިޔާކުރިކަމުގެ ތުހުމަތު

އުމުރުން ތިން އަހަރުގެ ކުޑަ ކުއްޖަކަށް ނޭޕާލަށް ނިސްބަތްވާ އަންހެނަކު އަނިޔާކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނެފައިވަނީ މާލޭގެ ގެއެއްގައި ތިން އަހަރުގެ ...

20 Jan 2025 | 10:24

އުމުރުން ތިން އަހަރުގެ ކުޑަ ކުއްޖަކަށް ނޭޕާލަށް ނިސްބަތްވާ އަންހެނަކު އަނިޔާކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ މާލޭގެ ގެއެއްގައި ތިން އަހަރުގެ ކުޑަ ކުއްޖަކަށް އެ ގޭގައި ގެންގުޅޭ ނޭޕާލު އަންހެނަކު އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާކަމަށެވެ.

"މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.

އެ ކުއްޖާއަކީ އޯޓިޒަމް ހުންނަ ކުއްޖެއް ކަމަށް ސޯޝަލް މީޑީއާގެ ބައެއް ޕޯސްޓްތަކުގައި ބުނެފައިވީނަމަވެސް އެފަދަ މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް