މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅުންހުރި މީހަކު ދެނެގަތުމުގައި އާންމުންގެ އެހީތެރިކަމަށް ދިވެހި ފުލުހުން އެދިއްޖެއެވެ.
ފުލުން މިއަދު ބުނެފައިވަނީ ފޮޓޯއިން ފެންނަ މީހާއަކީ މަކަރާއި ހީލަތުގެ މައްސަލައަކަށް ތުހުމަތުކުރެވިގެން ފުވައްމުލަކު ސިޓީ ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއްކަމަށެވެ.
ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދިފައިވެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް