ހުޅުމާލެއާ ދިމާ ޑައިވިންގ ޕޮއިންޓަށް މިއަދު ޑައިވިންގ އަށް ގޮސް އުޅުނު އަންހެނެއްގެ އެއް ފައިގެ ކަކުލުން ތިރި ބުރިވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެއާއ ދިމާ ބޭރުގައި އޮންނަ ޑައިވިންގ ޕޮއިންޓަށް ޑައިވިންގ އަށް ގޮސް މައްޗަށް އެރި ވަގުތު ޑައިވިންގ ދޯނީގެ ބުރަފަތީގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައި ވަނީ އެމެރިކާގެ 63 އަހަރުގެ އަންހެން ފަތުރުވެރިއަކަށް ކަމަށާއި އެމީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް