ގއ.ވިލިނގިލިން ހާލު ދެރަވެގެން އިތުރު ފަރުވާއަށް މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެއެވެ.
އުމުރުން 13 އަހަރުގެ ކުއްޖާ ނިޔާވީ، ސަރުކާރުން އިންޑިއާގެ ޑޯނިއަރ ބޯޓު ހަމަޖައްސައި ނުދިނުމުން މާލެ ގެނައުން ލަސްވެގެން ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.
އާއިލާއިން ބުނީ ރައީސް ޑރ މުޢިއްޒުގެ ސަރުކާރުން ޑޯނިއަރގައި އެކުއްޖާ މާލެ ގެނައުމަށް ދެކޮޅު ހެދުމުގެ ނަތީޖާއެއްގެ ގޮތުން އިތުރު ފްލައިޓެއް ޗާޓަރު ކުރަން 16 ގަޑިއިރު ލަސްވެ، އެންމެ ފަހުން އެ ކުއްޖާ ގެއްލުނީ ހިތާމަވެރި ގޮތަކަށް ކަމަށެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިނގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނައީ މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓަކުންނެވެ.
އެ ކުއްޖާ މިއަދު ނިޔާވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް