ހޮންގްކޮންގް އެއާލައިންސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

ކޮންގްކޮންގް އެއާލައިންސް އިން ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަތަމަ ފްލައިޓު ޖައްސާފައިވަނީ ރޭ 7...

20 Jan 2024 | 01:53

ކޮންގްކޮންގް އެއާލައިންސް އިން ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަތަމަ ފްލައިޓު ޖައްސާފައިވަނީ ރޭ 7:35 ގައެވެ. މި ފްލައިޓްގައި 209 ފަސިންޖަރުން ވަނީ ރާއްޖެ އައިސްފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ހޮންގްކޮންގް އެއާލައިންސް އިން ޗައިނާއާ ރާއްޖެއާ މެދު ހަފްތާއަކު ތިން ފްލައިޓް ދަތުރުކުރާނެ ކަމަށެވެ. ފްލައިޓްތައް އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ބުދަ، ހުކުރު އަދި އާދިއްތަ ދުވަހަކުއެވެ.

މިއާއެކު ޗައިނާއިން ހަތަރު އެއާލައިނަކުން މިހާރު ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެއީ ޗައިނާ އީސްޓަން އެއާލައިންސް، ސިޗުއާން އެއާލައިންސް، ހޮންގްކޮންގް އެއާލައިންސް އަދި ބެއިޖިންގ ކެޕިޓަލް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް