ހިރިމަރަދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރަނީ

ހދ. ހިރިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ އެކު އިސްލާމިކް މިނިސްޓްރީ އިން ސޮއިކޮށްފިއެވެ. ދިވެހި ދައުލަތުން 8.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަ...

20 Jan 2022 | 16:41

ހދ. ހިރިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ އެކު އިސްލާމިކް މިނިސްޓްރީ އިން ސޮއިކޮށްފިއެވެ.

ދިވެހި ދައުލަތުން 8.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

365  ދުވަސްތެރޭގައި އިމާރާތްކުރާ ގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ އަމަލީ މަަސައްކަތް އަންނަ މަހުގެ 17ގައި ފަށާނެއެވެ.

އަންހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމް ކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތް އިމާރާތް ކުރަން ނިންމީ މިވަގުތު ހިރިމަރަދޫގައި ހުރި މިސްކިތުގެ ޖާގަ ކުޑަވެފައިވާތީ އާ މިސްކިތަކަށް ބޭނުން ޖެހިފައި ވުމުގެ ސަބަބުން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. އަދި

ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ޖަލީލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް