އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ބެރެންޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލުކުރި ކުރުމަށް އެ ކުލަބުގެ ސަޕޯޓަރުންގެ ނުރުހުން ކޯޗް ރަންގްނިޗަށް އަށް ރައްދުވެއްޖެއެވެ.
ރޭ ބްރެންޓްފޯޑުގެ ދަނޑުހައި ކުޅުނު މި މެޗުގައި ރޮނާލްޑޯ ބަދަލުކޮށްފައިވަނީ މެޗުގެ ފަހު ހާފުގެ 71 ވަނަ މިނެޓުގައެވެ. ރޮނާލްޑޯގެ ދަބަލުގައި ކުޅެން އެރުވީ ޓީމުގެ ކެޕްޓަން ހެރީ މެގުއާއެވެ. ރޮނާލްޑޯ ވަނީ މި ބަދަލާއި ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
ރޮނާލްޑޯގެ އިތުރުން މި ބަދަލާއި ގުޅިގެން ޔުނައިޓެޑްގެ ސަޕޯޓަރުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިކަމާއި ގުޅިގެން ޔުނައިޓެޑުގެ ސަޕޯތަރުންގެ ނުރުހުން ކޯޗު ރަންގްނިކް އަށް ރައްދުވެފައިވާއިރު، އެޓީމުގެ ސަޕޯޓަރުން ބުނެފައިވަނީ މިއީ ޔުނައިޓެޑުން ފަހުގެ ތާރީޙެއްގައި ކުރި އެންމެ ގޯސް ބަދަލުކަމަށާއި ކޯޗުގެ އެ ނިންމުން ބަލައިނުގަނެވޭނޭ ކަމަށެވެ. އަދި ރޮނާލްޑޯ އަކީ ސެންޓަރ ފޯވާޑަކަށް ވާއިރު، މަގުއާ އަކީ ޑިފެންޑަރެއް ކަމަށާއި މަގުއާ އެރުވުމަށް ރޮނާލްޑޯ ބޭލުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށެވެ.
ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުން ވަނީ މަގުއާ ކުޅެން އެރުވުމުން ސޯޝަލް މީޑިއާގައި އެކަމާއި ހިންހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކުގައި ބުނެފައިވަނީ މަގުއާ އަކީ ޔުނައިޓެޑަށް ފައިދާ ހުރި ކުޅުމެއް ކުޅޭ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ އަތުން ކެޕްޓަން ބޭންޑުވެސް އަތުލަން ޖެހޭ ކަމަށެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ބަދަލުކުރަން ޖެހުނު ސަބަބު ޔުނައިޓެޑްގެ ކޯޗު ރަންގްނިކް ވެސް ވަނީ މީޑިއާއާއި ހިއްސާކޮށްފައެވެ. އެގޮތުން ރަންގްނިކް ބުނީ އޭނާ ކޮންމެ ނިންމުމެއްވެސް ނިންމަނީ މުޅި ޓީމަށް ފައިދާ ވާނެ ގޮތައް ކަމަށާއި ރޮނާލްޑޯ ބަދަލުކުރީ ދެ ލަނޑުގެ ލީޑެއްގައި އޮވެފައި ޔުނައިޓެޑުން އެސްޓަން ވިލާއާއި ދެކޮލަށް ކުޅުނު މެޗުގައި ގެއްލިގެން ދިޔަ ދެ ގޯލު ލީޑާ މެދު ވިސްނާލާފައި ކަމަށެވެ. އަދި އެފަދަ ހާލަތަށް ރޭގެ މެޗުވެސް ހިނގައިދާނެ ކަމުގެ ބިރު އޮތުމުން ރޮނާލްޑޯ ބަދަކުކޮށް ފަހަތް ވަރުގަދަ ކުރުމަށް މަގުއާ އަރުވަން މަޖުބޫރުވީކަމަށެވެ.
ރޭގެ މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ ބްރެންޓްފޯޑުގެ މައްޗަށް 3-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެެ. މެޗުގައި ޔުނައިޓެޑްގެ ގޯލުތައް ޖަހައިދިނީ އެންތަނީ އެލަންގާ އާއި މޭސަން ގްރީންވުޑް އަދި މާކަސް ރަޝްފޯޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް