ދިރާގު ޕްރީޕެއިޑް ކޮމްބޯ ގައި "ނައިޓް އެލަވަންސް" ތައާރަފުކޮށްފި އެވެ.
ދިރާގުން ބުނީ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ މި ޕްރޮމޯޝަންގައި އަލަށް ކޮމްބޯ ޕްލޭންގެ "އޯލް އިންކްލޫސިވް" ނަގާ ހުރިހާ ކަސްޓަމަރުންނަށް ނައިޓް އެލަވަންސް ލިބޭނެ ކަމަށެވެ. މި އެލަވަނަސްގައި މެންދަމު އެކަކުން ހެނދުނު 7:00 އަށް ހިލޭ ޑޭޓާ ލިބޭނެ އެވެ.
މީގެ އިތުރުން ޗެޓު ކުރުމަށާއި ސޯޝަލް މީޑިއާ ބޭނުން ކުރަންވެސް ހިލޭ ޑޭޓާ ލިބޭނެ އެވެ.
އެ ކުންފުނިން ބުނީ "އޯލް އިންކްލޫސިވް" ކޮމްބޯ ޕްލޭނެއް 250 ރުފިޔާ އަށް ލިބޭނެ ކަމަށެވެ. މި ޕެކޭޖު ދިރާގުގެ ޕްރިޕެއިޑް އަދި "ސަޅި" ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބޭނެ އެވެ.
"ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" އިން ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.
އާ ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކުރުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށް ފަހު 343 އަށް މެސެޖު ކުރުމުން އެކްޓިވޭޓް ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް