ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ރިޔާސީ ވައުދެއް ކަމުގައިވާ ހިލޭ ޑިގްރީ އަށް ކިޔަވައިދިނުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 12،730 ދަރިވަރަކަށް އެ ފުރުސަތު ދީފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަނުން ބުނެފިއެވެ.
މިނިސްްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަަނަށް ހިލޭ ޑިގްރީ އަށް ކިޔަވައި ދިނުމަށްޓަކައި 14 ޖެނުއަރީ 2019 އިން ފެށިގެން މިދިޔަ ތިން އަހަރުގެ ތެރޭގައި 349 މިލިއަން ރުފިޔާ ހިލޭ ޑިގްރީ ޕްރޮގްރާމަށް ޚަރަދު ކޮށްފައިވާ ކަމުގައެވެ.
އެގޮތުން، މި ސްކީމުގެ ދަށުން 12،730 ދަރިވަރަކަށް ކިޔެވުމުގެ ފުރުސަތު ފަހި ކޮށްދީފައިވާ ކަމަށް ހާމަކުރެއެވެ.
މީގެ ތެރެއިން 10،103 ދަރިވަރަކު މިހާރުވެސް ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވަމުން އަންނަ ކަމުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
އަދި 2،127 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމުގެ ދަށުން މިހާރު ކިޔަވާ ނިމިފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް