ރާއްޖެއިން ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު މެންދުރު 1:47 ގައި އެވެ.
މަރުވި އިރު އޭނާއަށް ފަރުވާ ދެމުން ދިޔައީ ލާމު ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ. މިއީ މިއަދު އެ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ދެ ވަނަ މީހާ އެވެ.
މިއަދު އެ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ފުރަތަމަ މަރުވީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ހެނދުނު 6:04 ގައި އެވެ.
މި ދެމީހުންގެ އިތުރުން މިއަދު ވަނީ އައްޑޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީ އާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާ ދެމުން ދިޔަ ދެމީހަކު މަރުވެފައި އެވެ. އެ ދެމީހުންނަކީވެސް ދިވެހިންނެވެ.
މި ހަތަރު މަރާއި އެކު ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 269 އަށް އަރާފަ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު އިއްޔެ ވަނީ 108،732 އަށް އަރާފަ އެވެ. އޭގެ ތެރެއިން 98.880 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިވަގުތު 9،574 މީހުންނަށް މިވަގުތުވެސް ދަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް