މޫނު ބުރުގާ އަޅާ ޓިޗަރުންނަށް ވަޒީފާ ދީފައިވަނީ ކިޔަވައިދޭއިރު މޫނު ފެންނަހެން ތިބޭގޮތަށް: އެޑިއުކޭޝަން

މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ވަޒީފާ ހަމަޖައްސައިދީފައިވަނީ ކިޔަވައިދޭ ވަގުތުތަކުގައި ކްލާސް ރޫމްތެރޭގައި މޫނު ފެންނާނެހެން ތިބޭގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން މިހ...

20 Jan 2022 | 13:07

މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ވަޒީފާ ހަމަޖައްސައިދީފައިވަނީ ކިޔަވައިދޭ ވަގުތުތަކުގައި ކްލާސް ރޫމްތެރޭގައި މޫނު ފެންނާނެހެން ތިބޭގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ ޓީޗަރުން ކިޔަވައި ދެއްވާއިރު ދަރިވަރުންނަށް މޫނު ފެންނަ ގޮތައް ހުންނަން ޖެހޭނެކަމަށް ގަވައިދުގައި ބަޔާން ކޮށްފައި އޮންނާތީ އެބަހުސް އަނެއްކާވެސް ބޮޑުވުމާއި ގުޅިގެންނެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސްކޫލްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންގެ މޫނު ފެނުމުން ފިލާވަޅަށް ދަރިވަރުންގެ ޝައުގު ހޯދޭ ކަމަށެވެ. މިނިސްޓްރީން ބުނީ ލޮލާއި އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާފަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެ ގުނަވަންތަކުގެ އިޝާރާތްތައް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

އަދި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައި ވެސް ޓީޗަރުންގެ ނޮންވާބަލް ބިހޭވިއާ މުހިންމު ދައުރެއް އަދާ ކުރާ ކަމަށް ބުންޏެވެ. މިކަންކަމަކީ ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާ ކަންކަން ކަމަށް ބުނެފައިވެ އެވެ.

ބަޔާނުގައި ބުނީ އެކަން އެގޮތަށް އޮތް ނަމަވެސް މި ދުވަސް ވަރު ޓީޗަރުން މާސްކު އަޅައި އަނގަޔާއި ނޭފަތް ނިވާކުރަން ޖެހިފައިވަނީ ކޯވިޑްގެ ހާލަތާއި ގުޅިގެން ކަމަށެވެ. މިނިސްޓްރީން އެދެނީ މި ހާލަތުން އަވަހަށް އަރައިގަނެ މާސްކު ނުލާ ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ހާލަތަކަށް ކަންކަން ރުޖޫއަވުން ކަމަށް ބުނެފައިވެ އެވެ.

އެޑިއުކޭޝަނުން ބުނީ ޓީޗަރުން ފިޔަވާ ސްކޫލްތަކުގައި އެހެން ވަޒިފާތަކުގައި މޫނު ބުރުގާ އަޅައިގެން މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އެބޭފުޅުންނާއި މޫނު ބުރުގާ ނާޅާ ބޭފުޅުންނާއި މަސައްކަތުގެ މާހައުލުގައި ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ މޫނު ބުރުގާ އަޅާ އަންހެނުންނަށް ސްކޫލްތަކުން ވަޒީފާ ދޭން ފެށީ2019 ވަނަ އަހަރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް