ޖަޕާނު ސަފީރު އެ ކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ތަކެއުޗި މިދޮރި އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު ބާއ...

20 Jan 2022 | 12:33

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ތަކެއުޗި މިދޮރި އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު އެރުވުމަށްފަހު، ޖަޕާނުގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި އެކަމަނާއަށް މަރުޙަބާ ވިދާޅުވިއެވެ.

އަދި ސަފީރުކަމުގެ ދައުރު ހަމަކުރައްވައި ރާއްޖެއިން ވަޑައިގެންނެވި ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވައި އައު ސަފީރުގެ ދައުރުގައިވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ވާހަކަފުޅު ދައްކަވަމުން މި އަހަރަކީ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މައްސަލަތަކުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރު ވާހަކަފުޅު ދައްކަވަމުން މި އަހަރަކީ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ.

އަދި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މައްސަލަތަކުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެކި ދާއިރާތަކުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

އެގޮތުން ކޯވިޑް-19 ޕެންޑަމިކްގެ ތެރޭގައި ޖަޕާނު ސަރުކާރުން އެމެޖެންސީ ލޯނުގެ ގޮތުގައި ދިން އެހީތެރިކަން ފާހަގަކުރައްވައި އެއީ ކޯވިޑް-19 ޕެންޑަމިކުން އަރައިގަތުމަށް މަސައްކަތްކުރުމަށް ޖަޕާނުން ރާއްޖެއަށް ދިން އެންމެ ބޮޑު ކޮންސެޝަން ލޯނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެސް މާލޭގެ ކަނޑުތޮށި މަރާމާތުކުރުމާއި، ޑިޖިޓަލް ޓެރެސްޓިއަލް ޓެލެވިޒަން ޕްރޮޖެކްޓާއި އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށާއި ތަޢުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާ އަދި ކޮމިއުނިޓީ ޑިވެލޮޕްމަންޓަށް ޖަޕާނުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، ޖަޕަނީޒް ޑިވެލޮޕްމަންޓް ސްކޯލަރޝިޕް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ލިބޭ ސްކޯލަރޝިޕް ފުރުޞަތުތަކުގެ ސަބަބުން ރާއްޖޭގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އިތުރު ކަންކަމުގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ތިމާވެށީގެ ދާއިރާއާއި ކާރިސާތަކުން ރައްކާތެރިވުމުގެ ދާއިރާއާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި ހިންގުމުގެ ދާއިރާފަދަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ޖަޕާނުގެ ސަފީރު ވަނީ ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރެވިދާނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1967 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް