ކޯވިޑް-19 އަށް ފަރުވާ ދެމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވީ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 9:00 ގައި އެވެ.
މަރުވި އިރު އެމީހާއަށް ފަރުވާ ދެމުންދިޔައީ އައްޑޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ.
މިއީ މިއަދު ކޯވިޑަށް ފަރުވާ ދެނިކޮށް މަރުވި ތިން ވަނަ މީހާއެވެ. މިއަދު ކުރިން މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި ލ. ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދެ ދިވެހިންނެވެ.
މި ތިން މަރާއި އެކު ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 268އަށް އަރާފަ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު އިއްޔެ ވަނީ 108،732އަށް އަރާފަ އެވެ. އޭގެ ތެރެއިން 98.880 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިވަގުތު 9،574 މީހުންނަށް މިވަގުތުވެސް ދަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް