ދާންދޫ އަދި ކަމަދޫ ބަނދަރުގެ މަސައްކަތްތައް އެމްޓީސީސީ އާއި ހަވާލުކޮށްފި

ގއ. ދާންދޫ އަދި ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ. މި ދެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިކަމަށްޓަކައި މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއ...

20 Jan 2022 | 10:10

ގއ. ދާންދޫ އަދި ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

މި ދެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިކަމަށްޓަކައި މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ގއ. ދާންދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން 81،404 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް 333 މީޓަރަށް ބޭރުތޮށިލުމާއި، 370 މީޓަރުގެ ރިވެޓްމަންޓް ޖަހައި 30 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ.

އަދި  529 މީޓަރުގެ އެއްގަމުތޮށިލުމާއި، 104 މޫރިންގް ރިންގް ހަރުކުރުން 10  މޫރިންގް ބޮއި ހަރުކުރުމާއި، 4 މީޓަރު ފުޅާ އަދި 30 މީޓަރު ދިގު ކޮންކްރީޓް ބްރިޖު އެޅުމާއި، 9 މީޓަރު ފުޅާ އަދި 100 މީޓަރު ދިގު ކޮންކްރީޓް ޖެޓީ އެޅުން  ހިމެނެއެވެ.

މީގެ އިތުރުން، 9 މީޓަރު ފުޅާ 10 މީޓަރު ދިގު ރޭމްޕް ހެދުމާއި، 71 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 36 މަގު ބައްތި ޖެހުމާއި، 2 ނެރު ބައްތި ހަރުކުރުން ހިމެނެއެވެ.

މިއީ 70.8 މިލިއަން ރުފިޔާ އަށް، 485 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކުރެވުނު މަޝްރޫޢެކެވެ.

ބ. ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން، 25،636 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް 180 މީޓަރަށް ބޭރުތޮށިލުމާއި، 628 މީޓަރުގެ ރިވެޓްމަންޓް ޖަހައި 346 މީޓަރުގެ އެއްގަމު ތޮށި ޖަހައި، 70 މޫރިންގް ރިންގް ހަރުކުރުމާއި، 10 މޫރިންގް ބޮއި ހަރުކުރުން ހިމެނެއެވެ.

މީގެ އިތުރުން، 11 މީޓަރު ފުޅާ 11 މީޓަރު ދިގު ރޭމްޕެއް ހެދުމާއި، 1730 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި 17 މަގު ބައްތި ޖެހުމާއި، 2 ނެރު ބައްްތި ހަރު ކުރުން ހިމެނެއެވެ.

މިއީ 47 މިލިއަން ރުފިޔާ އަށް، 400 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކުރެވުނު މަޝްރޫޢެކެވެ.

ދާންދޫ އަދި ކަމަދޫ ބަނދަރުގެ މަސައްކަތްތައް ހަވާލުކުރެވުނު މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވެސް ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ  އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް