ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ކުށްހުރިތޯބަލައި ފާސްކުރާ ކޮމެޓީ ގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައިފިއެވެ.
މިއަދު އެކޮމެޓީގެ މެމްބަރުންނާއި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ބައްދަލު ކުރައްވައިފިއެވެ.
މިކޮމެޓީއުފެއްދުމުގެ މަޤްޞަދަކީ ރާއްޖޭގައި ތައްޔާރުކޮށް ޗާޕްކުރެވޭ ފޮތްތަކުގައި ލިޔެފައިހުންނަ ޤުރްއާންގެ އާޔަތްތައް ލިޔުމުގައި ކުށްހުރުމާއި ގުޅިގެން އެކަމަށް ހައްލެއް ގެނައުން ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހާމަކުރެއެވެ.
އެގޮތުން މިކޮމެޓީގެ މަސައްކަތަކީ ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ \ ޤުރްއާނުގެ އާޔަތްތަކުގައި ކުށްހުރިތޯ ބެލުމެވެ.
ހަތް ބޭފުޅުން ހިމެނިވަޑައިގަންނަވާ މިކޮމެޓީގައި ތިއްބަވަނީ، އަލްޙާފިޡް ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް (ކޮމެޓީގެ ޗެއަރ) އައްޝައިޚް އަލްޙާފިޡް މުޙައްމަދު ލަޠީފް (ކޮމެޓީގެ ވައިސް ޗެއަރ) އައްޝައިޚް ނަޞްރުﷲ ޢަލީ، އައްޝައިޚް އަލްޙާފިޡް އިބްރާހީމް ރަޝީދު ޙަސަން، އައްޝައިޚް އަލްޙާފިޡް އަޙްމަދު ޝަފީޤް، އައްޝައިޚް އަލްޙާފިޡް ޢަލީ ނަޖީބް އަދި އަލްޙާފިޡް ޢަބްދުﷲ މަސްޢޫދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް