ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޭޕްރަން ގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިއީ ސްޓާފުން އުފުލާ ވެހިކަލެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް އެތަނުގައި ހުރި ލައިޓު ޕޯސްޓެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށެވެ.
މި އެކްސިޑެންޓުގައި ކާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ އިރު، އަނިޔާވި މީހުންގެ މައުލޫމާތު ސާފުކުރަމުންދާ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ. އަދި އެ އެކްސިޑެންޓް ހިނގަން މެދުވެރިވިގޮތް ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެކްސިޑެންޓު ހިނގި ގޮތް ބަލަމުން ދަނީ ސޭފްޓީ އެންޑް ސެކިއުރިޓީ ސައިޑުން ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް