ޔުގާންޑާގައި ލޮރީގެ ކުރީ ސީޓަށް އަންހެންވެރިން އެރުން މަނާ ކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ޔުގާންޑާގެ އުތުރުގައި އޮންނަ ލިރާ ސިޓީގެ ޓްރޭޑާސް އެސޯސިއޭޝަނަަކުންނެވެ.
މި އަމުރުގައި ބުނެފައި ވަނީ އަންހެނުން ކުރު ހެދުން ލާއިރު ފަލަމަސްގަނޑު ފެނިި ފިރިހެން ޑްރައިވަރުންގެ ސަމާލުކަން އެހެން ދިމާލަަކަށް އަނބުރާލާ އެކްސިޑެންޓް ވަމުންދާ ކަމަށެވެ. މި އަމުރާ އެކު ފިރިހެނުންގެ އަނބިންވެސް ލޮރީގެ ކުރީ ސީޓަށް އެރުވުން މަނާ ކޮށްފައިވެ އެވެ.
ލޯކަލް ޓްރޭޑަރުންނާއި ވެންޑަރުން ތަމްސީލުކުރާ އެސޯސިއޭޝަނަަކުން ބުނީ އަންހެން ފަސިންޖަރުން ކުރީ ސީޓަށް އެރުން މަނާ ކުރަން ނިންމި ނިންމުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅުނު ފިޔަވަޅެއް ކަމުގައެވެ.
މީގެ އިތުރުން ބައެއް އަަންހެނުން ކުރު ހެދުން ލައިގެން، އެމީހުންގެ އުނަގަނޑު ހާމަކޮށް، ޑްރައިވަރުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލާ، ޑްރައިވަރުން އެކްސިޑެންޓްވެ ފަސިންޖަރުން ނުވަތަ އިތުރު މީހުން ނުރައްކާތެރި ހާލަތަަކަށް ހުށަހެޅޭކަމުގައި ބުނެފައި ވެއެވެ.
ނަމަވެސް އަންހެނުންގެ ހައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓް އެލިސް މުގްވަންޔާ ކަބީޖް ބުނީ މިއީ ޔުގާންޑާގެ، ލިރާ ސިޓީގައި ތިބިި އޮފިޝަލުން އަންހެނުނަށް ދިން އިތުރު ހަމަލާއެއް ކަމުގައެވެ. މަގުމަތީގެ އެކްސިޑެންޓަކަށް ޑްރެސް ކޯޑެއް ނިސްބަތްކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމުގައި އޭނާ ފާހަގަކޮށްފައި ވެއެވެ.
އަދި އެއީ މުޖުތަމަޢުތަކުގައި އަންހެނުން އަދިވެސް ވަކި ކުރެވިފައިވާ ގޮތާއި، އަންހެނުން ބަދިގޭގައި ތިބުމަށް ފިރިހެނުން އެދޭ ވަރު ހާމަވާ ކަމެއް ކަމުގައި އެލިސް ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް