ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރި ކްރެނިއޮޓޮމީ އަދި އިންޓަރކުރޭނިއަލް ޓިއުމަރ ނައްތާލުމުގެ އޮޕަރޭޝަން ކާމިޔާބު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކްރެނިއޮޓޮމީ އަދި އިންޓަރކުރޭނިއަލް ޓިއުމަރ ނުވަތަ ސިކުނޑީގެ ޓިއުމަރ ނައްތާލުމުގެ އޮޕަރޭޝަން، މި ހޮސްޕިޓަލުގެ ނާރުގެ އޮޕަރޭޝަން ޑިޕާޓްމަންޓްއިން ކާމިޔާބު ކަމާއި އެކު ނިންމާލައިފ...

20 Jan 2022 | 05:02

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކްރެނިއޮޓޮމީ އަދި އިންޓަރކުރޭނިއަލް ޓިއުމަރ ނުވަތަ ސިކުނޑީގެ ޓިއުމަރ ނައްތާލުމުގެ އޮޕަރޭޝަން، މި ހޮސްޕިޓަލުގެ ނާރުގެ އޮޕަރޭޝަން ޑިޕާޓްމަންޓްއިން ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

މި އޮޕަރޭޝަން ކޮށްފައިވަނީ ސިކުނޑީގެ ޓިއުމަރަށް ފަރުވާ ކުރަމުންދާ 66 އަހަރުގެ މީހެކެވެ.

ބޮލުގެ ނާށިގަނޑުން ބައެއް ނެގުމަށްފަހު ޓިއުމަރ ނައްތާލުމަށް ކުރެވޭ ކްރޭނިއޯޓޮމީ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރު، ޑރ. ހުއާން ލޮރީޑޯ، ހޭނައްތާ ޑޮކްޓަރުން، ޑރ. އައިމިނަތު ފިއުނާ އާއި ޑރ. ވިސްވަޖިތް އުދޭކުމާރު، އަދި މެޑިކަލް އޮފިސަރ، ޑރ. ގާސިމް ނިމާލްއެވެ. އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހުނަރުވެރި ޓެކްނިކަލް ސްޓާފުންނާއި ނަރުހުންގެ ޓީމެކެވެ.

ޑރ. ހުއާން ލޮރީޑޯއަކީ ދާއިރާގެ ގިނަގުނަ ތަޖުރިބާތަކެއް ލިބިފައިވާ، ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރެކެވެ. ޑރ. ހުއާން ފާހަގަ ކޮށްލެވެނީ ތަފާތު ނާރުގެ ބަލިތައް ދެނެގަނެ، ވީހާވެސް ކުޑަކޮށް ފަޅާލައިގެން ކާމިޔާބު ބޮޑެތި އޮޕަރޭޝަންތައް ކުރުމަށެވެ. އޭނާ ވަނީ ސްޕެއިންގެ ހޮސްޕިޓާލެސް ސެން ރޯގުގެ ނާރުގެ އޮޕަރޭޝަން ޑިވިޒަންގެ އިސްވެރިޔާގެ މަގާމާއި، ކެނެރީ އައިލެންޑްސްގެ އައި.ސީ.އެން-އިންސްޓިޓިއުޓޯ ކެނޭރިއޯ ޑި ނިއުރޯސިރިއުޖިއާގެ ޑިރެކްޓަރުގެ މަގާމުފަދަ، އިސް މަގާމުތައް ފުރުއްވަވާއެވެ. އަދި ޒިއުރިކް ސްވިޓްޒަލޭންޑުގައި މައިކްރޯސާރޖަރީ، ލަންޑް ޔުނިވާރސިޓީގައި ނިއުރޯ-އިންޓެންސިވް ކެއަރ، ހަވާޑް ޔުނިވަރސިޓީ އަދި މެލްބޯންގައި ނިއުރޯ ސާރޖަރީ، އަދި ޑެލަސްގައި ވެސްކިއުލޯ އިން ޑރ. ހުއާން އެތަކެއް ވިޒިޓިންގް ފެލޯޝިޕް ކްރެޑިޓް ހޯއްދަވާފައިވެއެވެ.

"މި އޮޕަރޭޝަން ގޮސްފައިވަނީ ވަރަށް ކާމިޔާބުކޮށްކަން، އަޅުގަނޑުމެން ވަރަށް އުފަލާއިއެކު ފާހަގަކޮށްލަން" ޑރ. ހުއާން ވިދާޅުވެފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާރުގެބަލިތަކަށާއި ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޕާޓްމަންޓް ހިންގަމުން ގެންދަވަނީ ވަރަށްވެސް ކުޅަދާނަ، ގާބިލު އަދި ނާރުގެ އޮޕަރޭޝަންތަކުގައި އެތަކެއް އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ކޮންސަލްޓަންޓް ޑޮކްޓަރުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ސިއްޙީ ޚިދުމަތްތައް، ވާދަވެރި އަގުތަކެއްގައި ދިވެހިރާއްޖޭގައި ފޯރުކޮށްދިނުމުގައި ދެމިތިބުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް