ކްރިޕްޓޯ ކަރަންސީ ހަންމަތަ ކުރެވޭނީ ހުރިހާ ގައުމެއް ގުޅިގެން: މޯދީ

ކްރިޕްޓޯ ކަރަންސީ ހަންމަތަ ކުރުމަކީ ހަމަ އެކަނި އިންޑިއާއަށް އެކަނި ވާނެ ކަމެއް ނޫން ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. ނަރެންދުރަ މޯދީ މިހެން ވިދާޅުވެފައިވަނީ އިންޑިއާގަ...

20 Jan 2022 | 04:29

ކްރިޕްޓޯ ކަރަންސީ ހަންމަތަ ކުރުމަކީ ހަމަ އެކަނި އިންޑިއާއަށް އެކަނި ވާނެ ކަމެއް ނޫން ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ނަރެންދުރަ މޯދީ މިހެން ވިދާޅުވެފައިވަނީ އިންޑިއާގައި ކްރިޕްޓޯ ކަރަންސީ، ހާއްސަ ގޮތެއްގައި ބިޓްކޮއިން މަނާކުރުމާއިމެދު ވަރަށް އަވަހަށް ގޮތެއް ނިންމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

މޯދީ ވިދާޅުވެފައިވަނީ ކްރިޕްޓޯ ކަރަންސީއަކީ ނަހަމަ ގޮތުގައި މުއާމަލާތްތައް ކޮށް އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށެވެ. އަދި ވަކި ވަކި ގައުމުތަކުން ކްރިޕްޓޯ ކަރަންސީއާއި ދެކޮޅަށް ފިޔަވަޅު އެޅި ނަމަވެސް މާ ބޮޑު އަސަރެއް އެކަމުގައި ނުކުރާނެ ކަމުގައި މޯދީ ވިދާޅުވެފައިވެއެވެ.

ކްރިޕްޓޯ ކަރަންސީއަކީ އެއްްވެސް ބޭންކެއް ފަދަ މީޑިއޭޓަރަކާ ނުލާ ބްލޮކްޗެއިން ޓެކްނޮލޮޖީގައި ކުރިއަށްދާ ކަރަންސީއެކެވެ. އެންމެ ފުރަތަމަ ކްރިޕްޓޯ ކަރަންސީގެ ގޮތުގައި ބިޓްކޮއިން ވުޖޫދުވި ނަމަވެސް މިހާރު ކްރިޕްޓޯ ކަރަންސީއާއި ނޮން ފަންޖިބަލް ޓޯކަންސް (އެންއެފްޓީ) ތަކުގެ އަދަދު ހާހުން ގުނާލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް