ކޮވިޑުގައި މިއަދު އިތުރު ދިވެއްސަކު ދުނިޔެ ދޫކޮށްފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ކޮވިޑުގައި އިތުރު މީހަކު ނިޔާވެފައިވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.
ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ކޮވިޑުގެ މަރުގެ އަދަދު ރާއްޖޭގައި 267 އަށް އެރީއެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ކޮވިޑުގައި މީހަކު ނިޔާވެފައިވާއިރު ހުޅުމާލޭ ކޮވިޑު ފެސިލިޓީގައިވެސް ދިވެއްސަަކު މިއަދު ނިޔާވެފައިވެއެވެ. އެ ފެސިލިޓީގައި ނިޔާވީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. މި ދެމީހުންވެސް ނިސްބަތްވަނީ ލ. ފޮނަދުއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް