ކޯވިޑްގެ ހާލަތު ގޯސްވާތީ ދާރުލް އާސާރާއި އުތީމު ގަނޑުވަރު ދެ ހަފްތާގެ މުއްދަތަކަށް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ ދާރުލް އާސާރާއި އުތީމު ގަނޑުވަރު ބަންދުކުރީ ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާތީވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ކޯވިޑްގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރުވެސް ދާރުލް އާސާރާއި އުތީމު ގަނޑުވަރު ބަންދުކޮށްފައި ވެއެވެ. އަދި އަލުން ހުޅުވާފައި ވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
ދާރުލް އާސާރަށް ކޮންމެ ދުވަހަކު އެތައް ބަޔަކު ޒިޔާރަތް ކުރާއިރު އުތީމު ގަނޑުވަރަށް ކޮންމެ އަހަރަކު 6000 އެއްހާ މީހުން ޒިޔާރަތް ކުރާ ކަމަށް ލަފާކުރެވެއެވެ.
ކޯވިޑް އިން ރައްކާތެރިވުމަށްޓަކައި 50 މީހުންނަށް ވުރެ ގިނަ މީހުން އެއްވެގެން އެއް ވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައި ވެއެވެ. މީގެ އިތުރުން މާލެ އިން އަތޮޅުތަކަށް ދަތުރު ކުރާ ފަރާތްތަކުން ޕީސީއާރް ޓެސްޓް ހެދުމަށް މަޖުބޫރު ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް