ކޮވިޑުގައި ދިވެހި އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް މިއަދު ނިޔާވީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ.
މި މަރާއެކު ކޮވިޑުގައި ރާއްޖެއިން ދުނިޔެ ދޫކުރި މީހުންގެ އަދަދު މިވަނީ 266 އަށް އަރާފައެވެ.
ކޮވިޑު ބަލީގައި އިތުރު މީހަކު މިއަދު ދުނިޔެ ދޫކޮށްފައިވާއިރު ކޮވިޑުގައި ރާއްޖޭގެ ހާލަތު މިވަނީ އަނެއްކާވެސް ގޯސްވެފައެވެ. އިއްޔެ އެކަނި ޕޮޒިޓިވް ވި މީހުންގެ އަދަދުވެސް އުޅެނީ 2000 އިން މަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް