ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާއަށް އެންމެ ރަނގަޅު ލަފައެއް ދިނީ ދެބެންގެ ދެދަރި ދައްތަ ޕްރިޔަންކާ ޗޯޕްރާ ކަމަށް އޭނާ ބުނެފި އެވެ.
2011 ވަނަ އަހަރު ބޮލީވުޑަށް ނުކުތް ޕަރިނީތީގެ ބައެއް ފިލްމުތައް ކާމިޔާބު ވިޔަސް އޭނާއަށް ޕްރިޔަންކާ އާއި އެއްވަރުގެ ކާމިޔާބެއް އިންޑަސްޓްރީގައި އަދިވެސް ނުހޯދެ އެވެ. ކާމިޔާބު ފިލްމީ ތަރިންގެ ލިސްޓުގައި ޕަރިނީތީއެއް ނުހިމެނެ އެވެ.
މިފަހުން ދިން އިންޓަވިއުއެއްގައި ޕަރިނީތީ ބުނީ އޭނާއަށް އަބަދުވެސް ބޭނުންވާނެ ރަނގަޅު ލަފާއެއް ދިނީ ޕްރިޔަންކާ ކަމަށެވެ. އެ ވާހަކަ އާއި ގުޅޭގޮތުން ބުނީ ކުރާ މަސައްކަތަކާއި މެދު މީހުން އޭނާއަށް އުންމީދެއް ނުކުރުމަކީ އަބަދުވެސް ވިސްނާ ފިކުރު ކުރަން ޖެހޭނެ ކަމެއް ކަމަށް ޕްރިޔަންކާ ބުނި ކަމަށެވެ.
އެހެން ކަމުން ކޮންމެ ފިލްމެއްގައި މަސައްކަތް ކުރިޔަސް މީހުން އުންމީދު ކުރާނީ ތަފާތު ކަމަށް ކަމަށާއި އެއީ ލިބޭ ޝަރަފަކާއި ފަހުރެއް ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި އެއީ ބޮލުގައި އެޅިފައި އޮންނަ ވަރުގަދަ ޒިންމާއެއް ކަމަށް ދެކިގެން ބެލުންތެރިންނާއި އާންމުންނަށް ތަފާތު ދައްކާލުމަށް ޕްރިޔަންކާ ލަފާ ދިން ކަމަށް ޕަރިނީތީ ބުންޏެވެ.
އެ ވާހަކަ އޭނާ ކައިރީ ޕްރިޔަންކާ ބުނީ ފިލްމީ ދާއިރާއަށް ނުކުތުމުގެ އެތައް އަހަރެއް ކުރިންކަން ފާހަގަ ކުރަމުން ޕަރިނީތީ ބުނީ އޭނާ ތައުލީމު ހާސިލް ކުރި ދުވަސްވަރުވެސް އެ ވާހަކައަށް ސަމާލުކަންދީ އަމަލު ކުރާ ކަމަށެވެ.
ޕަރިނީތީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޓެލެންޓު ޝޯއެއް ކަމަށްވާ "ހުނަރުބާޒު" ންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް