"މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް" ގެ ނަމުގައި އިދާރާއެއް ރައީސް ސޯލިހު އުފައްދައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، "މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް" ގެ ނަމުގައި އިދާރާއެއް އިއްޔެ އުފައްދަވައިފިއެވެ. ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ...

20 Jan 2022 | 02:56

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، "މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް" ގެ ނަމުގައި އިދާރާއެއް އިއްޔެ އުފައްދަވައިފިއެވެ.

ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި، މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސަށް ލިޔާ ސިޓީގައި ޖަހަމުން ގެންދާނީ 487 ކަމުގައި ވެސް ވަނީ ހަމަޖައްސަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް