އަމްރިތާ ސިންގް، ސައިފް އަލީ ޚާން އަށް 100 ރުޕީސްގެ ލޯނެއް - އިންޓަރެސްޓަކީ ކިތަންމެ ބުރަކޮށް އުޅުނަސް ބައްދަލުކުރުން!

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އޭނާގެ ފުރަތަމަ އަންހެނުން އަމްރިތާ ސިންގް ވަރިކޮށް ކަރީނާ ކަޕޫރާ ކައިވެނިކުރި އިރު، އެވާހަކަތަކަކީ ވަރަށް ގިނަ ނޫސްތަކުގެ ހެޑްލައިންތަކުން ޖާގަ ހޯދާފައިވ...

20 Jan 2022 | 02:35

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އޭނާގެ ފުރަތަމަ އަންހެނުން އަމްރިތާ ސިންގް ވަރިކޮށް ކަރީނާ ކަޕޫރާ ކައިވެނިކުރި އިރު، އެވާހަކަތަކަކީ ވަރަށް ގިނަ ނޫސްތަކުގެ ހެޑްލައިންތަކުން ޖާގަ ހޯދާފައިވާ ޚަބަރުތަކެވެ.

އެހެންނަމަވެސް ކިޔައިދޭން މިއުޅެނީ ސައިފް އާއި ކަރީނާގެ ވާހަކައެއް ނޫނެވެ. ސައިފް އޭނާގެ ކުރީގެ އަނބިމީހާ، އަމްރިތާ ސިންގް އާ ގުޅުން ހުރި ވާހަކައެކެވެ.

ޝާހީ ޢާއިލާއަކަށް ނިސްބަތްވާ ސައިފް ބޮލީވުޑުގެ ފިލްތަކުން ފެންނަން ފެށުމާއެކު، އިންޑަސްޓްރީއަށް ވަރަށް ގިނަ ހިޓް ފިލްމުތައް ވަނީ ދޫކޮށްފައެވެ. އަދި ގިނަ އެކްޓްރެސްއިންނާ އެކު މަސައްކަތްކުރުމުގެ ނަސީބު ވެސް ވަނީ ލިބިފައެވެ.

ކިތަންމެ ގިނަ، ރީތި އެކްޓްރެސްއިންނާ އެކު މަސައްކަތް ކުރި ނަމަވެސް ސައިފްއަށް އަމްރިތާ ސިންގް ދެކެ ލޯބިވެވުނީ އޭނާގެ ކެރިއަރުގެ ކުރީކޮޅުގައި ކަމަށް ސައިފް ވަނީ ބުނެފައެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައިވެނިކުރި ކަމަށް ވެސް ބުނެފައިވެއެވެ.

ދެން އެވާހަކަ ވެސް ބާއްވަމާ ހެއްޔެވެ. އެ ދެމަފިރިންގެ ކައިވެނީގެ ވަރަށް ކުރީކޮޅު ސައިފް ޝޫޓިންގ އަކަށް ދިއުމަށް އަތުގައި ފައިސާ ނެތުމުން އަންހެނުން އަމްރިތާ ސިންގް އަތުން އެންމެ 100 ރުޕީސް އަށް އެދުނުކަން ހާމަކޮށްފައިވެއެވެ. އަދި އެއީ ލޯނެއްގެ ގޮތުގައި ދޭން އެދުނު ފައިސާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ދުވަސް ވަރަކީ ފިލްމު "ޖާރނީ" ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރި ދުވަސްވަރު ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ސައިފް އެދުނު ފަދައިން ލޯނުގެ ގޮތުގައި 100 ރުޕީސް ދިން ކަމަށާއި އިންޓަރެސްޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކިތަންމެ ބުރިކޮށް ޝޫޓިންގ ގައި އުޅުނު ނަމަވެސް އަމްރިތާ ބޭނުންވެއްޖެނަމަ، ބައްދަލު ކުރުން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ވަގުތަކީ ސައިފް އަށް ފައިސާގެ ބޭނުން ނުހަނު ޖެހިފައިވާ ވަގުތަކަށް ވާތީ، އަމްރިތާ ހުށަހެޅި އިންޓަރެސްޓު ގަބޫލުކުރި ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އަމްރިތާ އާއި ސައިފް ގެ ލޯބީގައި ދުވަސްތައް ގުނަމުން ގޮސް، ކުލަ އިތުރަށް ގަދަވީ ސާރާ އަލީ ޚާން ލިބުމުންނެވެ.

ނަމަވެސް އެ ކުލަތައް މިހާރުވަނީ މާޒީއަށް ފަނޑުވެފައިވާ އިރު، ސައިފްގެ މިހާރުގެ އަންހެނުންނަކީ ކަރީނާ ކަޕޫރެވެ. މި ދެމަފިރިންނަށް ދެ ކުދިން ވެސް ވަނީ ލިބިފައެވެ. އެއީ ތައިމޫރު ތައިމޫރ އަދި ޖެހް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް