އޮމަރް އަލް އޮމެއިރް ނަމަކަށްކިޔާ ސައުދީ ރައްޔިތަކު، ދުނިޔޭގެ އަށް ގައުމަކަށް ބައިސްކަލުގައި ދިއުމަށް ދަތުރެއް ފަށައިފި އެވެ.
މި ދަތުރު އޭނާ ކުރަނީ ބޭނުންވާ ފަރާތްތަކަށް ގުނަވަންތައް ހަދިޔާ ކުރުމަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުންނެވެ. އޭނާ މި ދަތުރު ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17ވަނަ ދުވަހު އިންޑިއާގައި ހުންނަ ސައުދީ ކޮންސިއުލޭޓް އޮފީހުންނެވެ.
މި ދަތުރުގައި އޮމަރް ފުރަތަމަ ދަތުރުކުރި މަންޒިލަކީ އިންޑޮނޭސިއާ އެވެ. އިންޑޮނޭސިއާއިން މިހާރު އޭނާ މިސްރާބު ޖަހާފައިވަނީ މެލޭސިއާ އަށެވެ. އެއަށްފަހު ކެމްބޯޑިއާ، ލާއޯސް، އަދި ވިއެޓްނާމަށާއި ހޮންކޮންގް އަދި ޗައިނާއަށް އޮމަރް ދަތުރުކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އުމުރުން 37 އަހަރުގެ އޮމަރް ބުނެފައިވަނީ އޭނާގެ ދަތުރު ކާމިޔާބު ކުރުމަށް ދުވާލަކު 12 ގަޑިއިރު ބައިސްކަލު ދުއްވާ ކަމަށާއި މި ދަތުރުގައި ގިނައިން ފެން ބުއިމާއި ހާއްސަ ޑައިޓެއް ކުރިއަށްގެންދިއުމަށް އިސްކަން ދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް