ހިންދީ ފިލްމީ ތަރިން ހޮލީވުޑްގައި ފިޔަޖަހަން ފެށިނަމަވެސް ހޮލީވުޑް ފިލްމު ކުޅުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް އާމިރް ހާން ބުނެފި އެވެ.
މިހާރު އިނގިރޭސި ޑްރާމާ ސީރީޒްއެއް ކުޅެމުން އަންނަ ޕްރިޔަންކާ ޗޯޕްރާ ވަނީ ޖެހިޖެހިގެން ދެ އަހަރު "ޕީޕަލްސް ޗޮއިސް އެވޯޑު" އިން އެވޯޑު ލިބިފައި އެވެ. ދިޕިކާ ޕަދުކޮން "ޓްރިޕްލް އެކްސް 3" ކުޅުނު އިރު އެ ފިލްމުގެ ވާހަކަ ހުއްޓުމެއް ނެތި ދެއްކި ނަމަވެސް އާމިރު ހާން ހޮލީވުޑްގެ ފިލްމަކާ ދިމާއަށް ދާކަން ނުވިސްނަ އެވެ.
މިކަމާ ގުޅޭގޮތުން އާމިރު މީޑިއާގައި ބުނެފައިވަނީ އެމެރިކާއަށް ގޮސް އިނގިރޭސި ފިލްމު ކުޅުމުގެ އެއްވެސް ޝައުގުވެރި ކަމެއް ނެތް ކަމަށާއި ވޭތުވެދިޔަ 25-26 އަހަރު ތެރޭ ހިންދީ ސިނަމާގައި ބެލުންތެރިންނާއި އެކު އުފެދިފައިވާ ގުޅުމަކީ އަބަދަށް ދެމިގެންދާނެ ހަނދާން ތަކެއް ކަމަށެވެ. އާމިރު ބުނީ އޭނާ ހޮލީވުޑަށް ނުދާނަމޭ ބުނުމުގެ މާނައަކީ ދުނިޔޭގެ އެންމެން މުނިިފޫހިފިލުވުމަށް ފިލްމު ކުޅުމަކީ ގޯސްކަމެއް ނޫން ކަމަށެވެ.
އާމިރު ބުނީ މިވަގުތު ޝައުގުވެރިކަން ނެތަސް ރަނގަޅު ފިލްމެއް ލިބިއްޖެ ނަމަ އެހެން ބަހަކުން ނެރޭ ފިލްމެއް ނުކުޅޭނަމޭ ނޫން ކަމަށެވެ..
އާމިރު ބުނީ ހޮލީވުޑް ފިލްތަކާއި އެއްވަރަށް ބޮލީވުޑް ފިލްމަތަކަށްވެސް ތަރުހީބު އެބަ އޮތް ކަމަށެވެ. އަދި ހޮލީވުޑްގެ ސަބަބުން ބޮލީވުޑަށް އެއްވެސް އަނދިރި ކަމެއް ނެތް ކަމަށާއި ރަނގަޅު ފިލްމުތައް ހެދުމުން އާންމުން ބަލައިގެންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް