މޫދަށް އެރުނު ދެ ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފި

މާލެ އަތޮޅު މީރު ފެންފުށި ކައިރިއަށް މޫދަށް އެރުނު ދެ ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ މި...

20 Jan 2017 | 04:58

މާލެ އަތޮޅު މީރު ފެންފުށި ކައިރިއަށް މޫދަށް އެރުނު ދެ ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލޫމާތު ރޭ 22:36 ހާއިރު އެމްއެންޑިއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު ޑައިވަރުންނާއެކު ހާބަރ ކްރާފްޓް 110 ނަންބަރު ލޯންޗް، ފަތުރުވެރިން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިމަސައްކަތުގައި ކޯސްޓްގާޑްގެ ފާމުލަދޭރި ލޯންޗް ވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

"މި ދެފަތުރުވެރިންގެ ޚަބަރެއްވޭތޯ ބެލުމަށް މީރު ފެންފުށި ރިސޯޓްގެ ތިން ގަލްފް ކްރާފްޓް ލޯންޗާއި އެރިސޯޓްގައި ބޭނުންކުރާ ސަޕްލައި ދޯނި ވެސް އެމީހުން ގެއްލުނުކަމަށް ލަފާ ކުރެވޭ ސަރަހައްދު ވަނީ ބަލަން ފަށާފައި، އަދި ކ.ދިއްފުށިން ވެސް ފަތުވެރިންގެ ޚަބަރެއް ވޭތޯ ބެލުމުގެ މަސައްކަތް ދަނީ ކުރަމުން، މީރު ފެންފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުން ދަނީ އުމުރުން 30 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެއް" އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މިދެފަތުރުވެރިންނާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މިސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި މިހިސާބުގެ ރަށްތަކުން ބައްލަވައި ދެއްވުމަކީ ވަރަށްބޮޑު އެދުމެއް ކަމަށެވެ. އަދި މި ދެފަތުރުވެރިންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް