އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަލްގައިދާގެ އިސް ލީޑަރަކު މަރާލައިފި

ސީރިޔާގައި އެމެރިކާގެ ސިފައިން ދިން ވައިގެ ހަމަލާއެއްގައި އަލްގައިދާ ޖަމާއަތުގެ އިސް ލީޑަރަކު މަރާލެވިފައިވާކަމުގައި އެމެރިކާއިން ހާމަކޮށްފި އެވެ. އެމެރިކާއިން މިކަން ހާމަކޮށްފައިވަނީ ޕެންޓަގަން އިން ...

20 Jan 2017 | 04:35

ސީރިޔާގައި އެމެރިކާގެ ސިފައިން ދިން ވައިގެ ހަމަލާއެއްގައި އަލްގައިދާ ޖަމާއަތުގެ އިސް ލީޑަރަކު މަރާލެވިފައިވާކަމުގައި އެމެރިކާއިން ހާމަކޮށްފި އެވެ.

އެމެރިކާއިން މިކަން ހާމަކޮށްފައިވަނީ ޕެންޓަގަން އިން މިދިޔަ ބުދަ ދުވަހު ނެރެފައިވާ ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ޕެންޓަގަން އިން ބުނެފައިވަނީ ވައިގެ ހަމަލާއެއްގައި މަރާލެވިފައިވަނީ މުހައްމަދު ހަބީބް ބޮއުސަންދޫން އަލް ތޫނިސް ނަމަކަށްކިޔާ ތޫނިސްގެ ރައްޔިތެއް ކަމަށެވެ. އޭނާ މަރާލެވިފައިވަނީ ސީރިޔާގެ އިދްލިބް ސަރަހައްދަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައި ކަމުގައި އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް